ސިނަމާ އާއި ލައިފްސްޓައިލްލައިފްސްޓައިލް

ސުނީގެ އުފަންދުވަހު ޕްރިޔަންކާގެ މެސެޖެއް

28/05/2021

Admin


ޝެއަރ

މަޝްހޫރު ނެށުންތެރިޔާ ސުނީތާ އަލީގެ އުފަންދުވަހުގެ ތަހުނިޔާ, ބޮލީވިޑާއި ހޮލީވުޑުގައިވެސް މަޝްހޫރު ފިލްމީތަރި ޕްރިޔަންކާ ޗޮޕްޅާ ކިޔައި މެސެޖު ކޮށްފިއެވެ.

ސުނީތާގެ އުފަންދުވަހުގެ ތަހުނިޔާ ކިޔާ ޕްރިޔަންކާގެ ފަރާތުން ޕްރިޔަންކާ އޮފިޝަލް ޓީމުން ސުނީތާއަށް ފޮނުވި މެސެޖު ހިއްސާ ކުރަމުން ސުނީ ބުނީ ޕްރިޔަންކާ ދެކެ އަބަދުވެސް ލޯބިވާ ކަމަށާއި ޕްރިޔަންކާއަކީ އޭނާގެ ހިތްވަރު ކަމަށެވެ.

ޕްރިޔަންކާގެ މެސެޖުގައި ސުނީއަށް ވަރަށް އުފާވެރި އުފަންދުވަހަކަށް އެދިފައިވެއެވެ. އަދި ކުރިއަށް އޮތް އަހަރަކީ އުފާވެރި އަހަރަކަށް ވާނެކަމަށް އެދޭ ކަމަށް ބުނެފައިވެއެވެ.

ސުނީތާއަކީ ޕްރިޔަންކާގެ ފޭނުންގެ ތެރެއިން ފާހަގަ ކޮށްލެވޭ ފޭނެކެވެ. ޕްރިޔަންކާ ރާއްޖެއައި ފަހަރު ސުނީތާއާ ބައްދަލުވެސް ކުރިއެވެ. އަދި ސުނީ ވަނީ ޕްރިޔަންކާގެ ދައުވަތަކަށް އިންޑިއާއަށްގޮސް ޕްރިޔަންކާގެ އިވެންޓެއްގައި ބައިވެރިވެސް ވެފައެވެ.

ސުނީތާ ފާހަގަ ކުރެވިގެން ދަނީ ޕްރިޔަންކާގެ ސްޓައިލާއި އޭނާގެ ހެދުންތައް ނަކަލުކޮށް, ޕްރިޔަންކާއަށް އޮންނަ ލޯބި ހާމަކުރާ ފަންނާނެއްގެ ގޮތުގައެވެ. އަދި އޭނާއަކީ ރާއްޖޭގައި ތިބި ޕްރިޔަންކާގެ ފޭނުންގެ ތެރެއިން އެއްވަނަ ފޭނެވެ.

ސުނީތާގެ އުފަންދުވަހަކީ 28 މޭ 1977 އެވެ. މިއަދަކީ ސުނީގެ 44 ވަނަ އުފަންދުވެހެވެ.

ހިޔާލު


ގުޅުންހުރި