ރާއްޖެސަރުކާރު

މޫސާ ވަސީމް އައިލޭންޑް އޭވިއޭޝަނުން ވަކިވެއްޖެ

30/12/2021

ޒައިން ރަޝީދު

މޫސާ ވަސީމް - ފައިލް ފޮޓޯ: އައިލޭންޑް އޭވިއޭޝަން


ޝެއަރ

އައިލޭންޑް އޭވިއޭޝަންގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މޫސާ ވަސީމް މަގާމުން ވަކިވެއްޖެއެވެ.

އޭނާ މަގާމުން ވަކިވާން ސިޓީ ހުށަހެޅީ މިމަހުން ފެށިގެންނެވެ. މައުލޫމާތު އެނގޭ އޮފިޝަލަކު ވިދާޅުވީ ވަސީމް މަގާމުން ވަކިވީ އެހެން ވަޒީފާއެއް ހޯދުމަށްފަހު, އެ ވަޒީފާއަށް ނިކުތުމަށެވެ. ނަމަވެސް މި ވަގުތު ވަސީމް ހުރީ ޗުއްޓީގައި ކަމަށް މައުލުމާތު ލިބެއެވެ.

ވަސީމް މަގާމުން ވަކިވިއިރު, އޭނާގެ މަސައްކަތުގެ ފެންވަރާ މެދު ސުވާލު އުފައްދާ, އަދި ސޯޝަލް މީޑިއާގައި ސިޔާސީ ބައެއް ފަރާތްތަކުން ކުރާ ޓުވީޓުތަކަށް ކުންފުނީގެ އުސޫލާ ޚިލާފަށް ރައްދުދީ, ސޯޝަލް މީޑިއާގައި ހާމަކުރާ ބައެއް އަމިއްލަ ކަންކަމާ ގުޅޭގޮތުން އޭނާއާ ސުވާލުކޮށް އެ މައްސަލަ އައިލޭންޑް އޭވިއޭޝަނުން ވަނީ ބަލާފައެވެ. އެކަމުގެ ތަފުސީލެއް އައިލޭންޑް އޭވިއޭޝަނުން ނުދެއެވެ. ނަމަވެސް, ވަސީމް ވަކިވީ އެެހެން ވަޒީފާއަކަށް ދިއުމަށްކަން އޮފިޝަލަކު ކަށަވަރު ކޮށްދެއްވިއެވެ.

އައިލޭންޑް އޭވިއޭޝަންގެ ޕީއާރ މެނޭޖަރުގެ މަގާމާ ހަވާލުވުމުގެ ކުރިން ވަސީމް ވަނީ ޓީވީއެމްއާއި އައިސް ޓީވީގައި މަސައްކަތް ކޮށްފައެވެ. ޕީއެސްއެމް އިން 2018 ވަނަ އަހަރު ވަކިވިއިރު އަދާކުރީ ޕީއެސްއެމް ނިއުސްގެ އެގްޒެކެޓިވް އެޑިޓަރުގެ މަގާމެވެ. އަދި އެއަށްފަހު އައިސް ޓީވީގައި ކުޑަ ދުވަސްކޮޅަކު މަސައްކަތް ކުރިއެވެ.

ހިޔާލު


ގުޅުންހުރި