ވިޔަފާރި

އެމްއޭއޭ އިން ޕައިލެޓް ޓްރޭނިންގ ހެދުމަށް ގާތްގަޑަކަށް މިލިއަނެއްހާ ރުފިޔާ

17/02/2022

ޒައިން ރަޝީދު


ޝެއަރ

އައިލޭންޑް އޭވިއޭޝަނާއި މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ ގުޅިގެން ހިންގާ މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީ (އެމްއޭއޭ) އިން ޕައިލެޓް ތަމްރީން ފުރިހަމަ ކުރުމަށް ނަގާ ފީ އާންމުކޮށްފިއެވެ.

އެމްއޭއޭ އިން އާންމުކޮށްފައިވާ ގޮތުން ޕްއިލެޓް ތަމްރީން ފުރިހަމަ ކުރުމަށް ގާތްގަޑަކަށް މިލިއަނެއްހާ ރުފިޔާ ޚަރަދުވާނެއެވެ. 18 މަހާއި 24 މަހާ ދޭތެރޭ ފުރިހަމަ ކުރެވޭ ކޮމާޝަލް ޕައިލެޓް ލައިސަންސް ހެދުމަށް 8 ލައްކަ 94 ހާސް ހަތަރުސަތޭކެ ފަސްދޮޅަސް އަށްރުފިޔާ ނުވަތަ 58,007 ޑޮލަރު ނަގައެވެ. އަދި ކޮމާޝަލް ޕައިލެޓް ލައިސަންސް މޮޑިއުލާކޮށް ނުވަތަ މޮޑިއުލްތައް ވަކިވަކިން ހަދާ ކޯސް ފުރިހަމަ ކުރާނަމަ 9 ލައްކަ 19 ހާސް ހަތަރުސަތޭކެ ތިރީސް ތިން އަށްރުފިޔާއަށް ފީ ބޮޑުވެއެވެ.

ސަރުކާރުން މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީ އުފެއްދީ އައްޑޫގައި ހިންގަމުން ދިޔަ ސްރީލަންކާގެ އޭޝިޔަން އެކަޑަމީ އޮފް އެރޯނޮޓިކްސްގައި ކިޔަވަމުންދިޔަ ގިނަ ދަރިވަރުންތަކުގެ ކޯސް ފުރިހަމަ ނުކުރެވި ގިނަ ދުވަސް, އެކަމުގެ ޝަކުވާ ބޮޑުވެގެންނެވެ. އެގޮތުން އައްޑޫ ގައި ކިޔަވަމުން ދިޔަ ދަރިވަރުންނަށް ކޯސް ފުރިހަމަ ކުރުމުގެ ފުރުސަތު އެމްއޭއޭއިން ވަނީ ދީފައެވެ. ނަމަވެސް އެ ދަރިވަރުންގެ ފީ ދެއްކުމަށް އެއްވެސް ބަދަލެއް ގެނައިކަމެއް ސާފެއް ނުވެއެވެ.

ހިޔާލު


ގުޅުންހުރި