ރާއްޖެސަރުކާރު

ކުޑަގިރިއަށް މުވައްޒަފުން ހޯދަން އޯޕަން ޑޭއެއް ބާއްވަނީ

14/12/2022

ޒައިން ރަޝީދު


ޝެއަރ

ދަތުރު ދިއުމަށްޓަކައި ކ. ކުޑަގިރި ފަޅުގައި ސަރުކާރުން ތަރައްގީ ކުރަމުން އަންނަ ޕިކްނިކް އައިލެންޑް ކުޑަގިރިއަށް ބޭނުންވާ މުވައްޒަފުން ހޯދަން އޯޕަން ޑޭއެއް ބާއްވަން ނިންމައިފިއެވެ.

ކުޑަގިރިއަށް ބޭނުންވާ މުވައްޒަފުން ހޯދަން އެޗްޑީސީން ވަނީ އިއުލާނުވެސް ކޮށްފައެވެ. މި ވަޒީފާތަކަށް ޝައުގުވެރިވާ ފަރާތްތަކަށް ބާއްވާ އޯޕަން ޑޭ ބޭއްވުމަށް ހަމަޖެހިފައިވަނީ 17 ޑިސެމްބަރު 2022 ވާ ހޮނިހިރު ދުވަހު 09:00 އާއި 15:00 އަށް އެޗްޑީސީގެ އޮފީހުގައެވެ. ކުޑަގިރީގެ އެކި މަސައްކަތަށް 17 މަގާމަކަށް މީހުން ނެގުމަށް ނިންމާފައިވެއެވެ.

މާލެ ކައިރި ކުޑަގިރި ފަޅުން 8 ހެކްޓަރު ހިއްކައިގެން ކުޑަގިރި ތަރައްގީ ކުރަމުން ދަނީ އެޗްޑީސީގެ ބެލުމުގެ ދަށުން އެ ކޯޕަރޭޝަންގެ ފަންނީ ބޭފުޅުންގެ ލަފަޔާއެކު ގައެވެ. ކުޑަގިރި އާންމުންނަށް ހުޅުވާލުމުގެ މަސައްކަތް ބާރަށް ކުރިއަށްދާއިރު, މިހާރު ކުރިއަށް ދަނީ އެންމެ ފަހުގެ މަސައްކަތެވެ.

ސަރުކާރުން ކުރިން މަސައްކަތް ކުރީ ޖުލައި 26 ވަނަ ދުވަހު ކުޑަގިރި އާންމުކޮށް ހުޅުވާލުމަށެވެ. ނަމަވެސް ބައެއް އިތުރު ހިދުމަތްތައް ގާއިމްކުރުމުގެ ގޮތުން އާންމުންނަށް ހުޅުވާލުން ވަނީ ލަސްކޮށްފައެވެ.

މާލެ ކައިރިން ދަތުރުދާނެ ރަށެއް ތަރައްގީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ރިޔާސީ ވައުދެކެވެ.

ހިޔާލު


ގުޅުންހުރި