ރާއްޖެސަރުކާރު

މިސްރާބު ހުރީ ޕްލާސްޓިކް މަދުކޮށް އިޔާދަކުރަނިވި ހަކަތަ ބޭނުން ކުރަން: މަތީން

16/01/2024

ޒައިން ރަޝީދު


ޝެއަރ

މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީއާއި އެކުންފުނީގެ ސަބްސިޑިއަރީ ކުންފުނިތަކުގެ އަމާޒަކީ މިހާރު ބޭނުން ކުރާ ޕްލާސްޓިކްގެ މިންވަރު މަދުކޮށް އިޔާދަކުރަނިވި ހަކަތަ ބޭނުން ކުރަންފެށުން ކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ އަދި އައިލޭންޑް ބެވަރޭޖެސް މޯލްޑިވްސްގެ ޗެއަރމަން ޢަބްދުލް މަތީން މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެމްޑަބްލިއުއެސްސީގެ ސަބްސިޑިއަރީ ކުންފުނި އައިލޭންޑް ބެވަރޭޖެސްގެ ކޯޕަރޭޓް ވެބްސައިޓާއި ތާޒާފެނުގެ މޯބައިލް އެޕްލިކޭޝަން ލޯންޗުކުރުމަށް މިރޭ ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން މަތީން ވިދާޅުވީ, ކުންފުނިތަކުން ކުރާ ކޮންމެ މަސައްކަތެއްވެސް ބައްޓަންކުރަންޖެހޭނީ ރާއްޖޭގެ ތިމާވެއްޓަށް ނުރަނގަޅު އެއްވެސް އަސަރެއް ނުކުރާނެ ގޮތަކަށެވެ.

އެގޮތުން އެމްޑަބްލިއުއެސްސީން މިހާރު ފެން ބަންދުކުރާ ޕްލާސްޓިކް ފުޅީގެ ބަދަލުގައި ބިއްލޫރިފުޅި ބޭނުން ކުރަން މަސައްކަތް ކުރަމުންދާކަން ފާހަގަކުރެއްވިއެވެ. އަދި މިހާރު ބޭނުންކުރާ ޕްލިސްޓިކްގެ މިންވަރު މަދުކޮށް, ޕްލާސްޓިކްގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރުމަށް އެމްޑަބްލިއުއެސްސީ ޚައްސަ ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން, ކުންފުނިން މިހާރު ބަރޯސާވާ ޑީސެލް ހަކަތައަަށް ބަރޯސާވާ މިންވަރު ކުޑަކޮށް, އިޔާދަކުރަނިވި ހަކަތަބޭނުން ކުރުމަކީ އެ ކުންފުނީގެ ވަރަށް ބޮޑު އަމާޒެއްކަން މަތީން ފާހަގަކުރެއްވިއެވެ. އެގޮތުން ކުރިއަށް އޮތްތަނުގައި ކުންފުނިން ބޮޑަށް ބޭނުންކުރާނީ އިޔާދަކުރަނިވި ހަކަތަކަމާށާއި އޭގެ ސަބަބުން ކުންފުނީގެ މަސައްކަތާއި ދުވެލީ ހަލުވިވާނެކަމަށް މަތީ ވިދާޅުވިއެވެ.

ހިޔާލު


ގުޅުންހުރި