ރާއްޖެސަރުކާރު

ރޯދަމަހުގެ ފެން ބިލުންވެސް ޑިސްކައުންޓް ދީފި

06/05/2024

ޒައިން ރަޝީދު


ޝެއަރ

މިދިޔަ އޭޕްރީލް މަހުގެ ފެންބިލުންވެސް 10 އިންސައްތައިގެ ޑިސްކައުންޓެއް މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮންޕެނީ އެމްޑަބްލިޔުއެސްސީން ދޭން ނިންމައިފިއެވެ.

އެމްޑަބްލިޔުއެސްސީން ނެރުނު ބަޔާނެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް ރަމަޟާން މަހުގެ ކަރަންޓު ބިލު ކުޑަކުރުމުގެ ގޮތުން އެ ކުންފުނިން ނެގި ކަރަންޓާއި ފެން ބިލުތަކަށް 10 އިންސައްތައިގެ ޑިސްކައުންޓެއް ދީފައިވާކަމަށެވެ. އެގޮތުން އެކުންފުނިން ވަނީ 14.13 މިލިޔަން ރުފިޔާ ޑިސްކައުންޓުގެ ގޮތުގައި ދީފައެވެ. އަދި އެއީ ޑޮމެސްޓިކް ކެޓެގަރީއަށް ބިލު ކުރެވިފައިވާ މިންވަރުގެ 24.5 އިންސައްތަކަމަށް އެމްޑަބްލިއުއެސްސީން ވިދާޅުވިއެވެ.

އޭޕްރީލް މަހުގެ ބިލުން ޑިސްކައުންޓް ދޭއިރު, ފެނާއި ކަރަންޓުގެ ހިދުމަތް އަލަށް ހޯދާ ފަރާތްތަކަށްވެސް 10 އިންސައްތައިގެ ޑިސްކައުންޓެއް ދޭން ވަނީ ނިންމާފައެވެ. އެންމެ ފަހުން ގޭބިސީތަކަށް ފޮނުވި ބިލުންވެސް ޑިސްކައުންޓު ދޭނީ އޭޕްރީލް މަހުގެ 12އިން މި މެއި މަހުގެ 12އާ ހަމައަށްކަމަށް އެކުންފުނިން ވިދާޅުވިއެވެ.

ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ނިންމެވުމާއި އެއްގޮތަށް ރޯދަމަހުގެ ކަރަންޓު ބިލުވެސް އެހެން މަސްތަކަށް ވުރެ ބޮޑު ނުވާ ގޮތަށް ހަދައި، ކަރަންޓު ޚިދުމަތްދޭ ކުންފުނިތަކުންވެސްވަނީ ބިލްތަކަށް ޑިސްކައުންޓް ދީފައެވެ.

ހިޔާލު


ގުޅުންހުރި