ވިޔަފާރި

އެލައިޑުގެ ޗައިލްޑް އެޑިއުކޭޝަން ތަކާފުލްގެ ޚާއްސަ ޕްރޮމޯޝަނެއްގެ މުއްދަތު އިތުރުކޮށްފި

02/07/2024

ޒައިން ރަޝީދު


ޝެއަރ

އެލައިޑް އިންޝުއަރެންސްގެ ޗައިލްޑް އެޑިޔުކޭޝަން ޕްލޭން ހެޔޮ އަގުގައި ގަނެވޭ ޕްރޮމޯޝަންގެ މުއްދަތު އިތުރުކޮށްފިއެވެ.

އެލައިޑް އިންޝުއަރަންސް ކުންފުނީގެ އިސްލާމިކް ވިންޑޯ؛ އަޔާދީއިން ފޯރުކޮށްދޭ ޗައިލްޑް އެޑިއުކޭޝަން ތަކާފުލްއަށް ހާއްސަ މިޕްރޮމޯޝަންގެ މުއްދަތު ކުރިން ކަނޑައަޅާފައި ވަނީ 30 ޖޫންގެ ނިޔަލަށެވެ. ނަމަވެސް ގިނަ އަދަދެއްގެ ކަސްޓަމަރުންގެ އެދުމުގެ މަތިން، މިހާރު ޕްރޮމޯޝަންގެ މުއްދަތު ވަނީ 9 އޮގަސްޓާ ހަމައަށް އިތުރުކޮށްފައެވެ. އެހެންކަމުން މިމުއްދަތުގެ ތެރޭގައި ޕްލޭން ނަގާ އެންމެ ފުރަތަމަ 50 ކަސްޓަމަރުންގެ ފުރަތަމަ މަހުގެ ފީ އިން 50 އިންސައްތައިގެ ޑިސްކައުންޓެއް ލިބޭނެކަމަށް އެލައިޑުން ބުނެއެވެ.

ޗައިލްޑް އެޑިއުކޭޝަން ތަކާފުލް ޕްލޭނަކީ ދަރިންގެ މަތީ ތައުލީމަށް ބޭނުންވާ ފަންޑް ގާއިމުކުރުމަށް އެހީވެދޭ ޕެލޭނެކެވެ. ސޭވިންގގެ އިތުރުން، މިޕްލޭންގެ އެންމެ ހާއްސަ ސިފައަކީ "ރައްކާތެރިކަން" ކަމުގައި އަޔާދީއިން ފާހަގަކުރެއެވެ. އެގޮތުން މިޕްލޭން ނެގުމަށްފަހު، ޕްލޭންގައި ހިމަނާފައިވާ ހާލަތެއް މެދުވެރިވެގެން ފައިސާ ނުދެއްކިއްޖެ ނަމަ ކަސްޓަމަރު ދައްކަން ޖެހޭ ފައިސާ ޕްލޭންގެ މުއްދަތު ހަމަވަންދެން އަޔާދީއިން ކަވަރުކޮށްދެއެވެ.

މިޕްރޮމޯޝަންއާއި ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް އެލައިޑްގެ ހިލޭ ގުޅޭ ހޮޓްލައިން 1600 އަށް ގުޅުއްވުމަށް އެކުންފުނިން އިލްތިމާސް ކުރެއެވެ.

ހިޔާލު


ގުޅުންހުރި