ވިޔަފާރި

ފަންސާސް އިންސައްތަ ޑިސްކައުންޓާއެކު "އެލައިޑް ލައިފް ޕްރޮމޯޝަން" ލޯންޗުކޮށްފި

01/09/2024

ޒައިން ރަޝީދު


ޝެއަރ

ފަންސާސް އިންސައްތަ ޑިސްކައުންޓާއެކު "އެލައިޑް ލައިފް ޕްރޮމޯޝަން" ލޯންޗުކޮށްފިއެވެ.

މިއަދު ލޯންޗުކުރި މިޕްރޮމޯޝަންގެ ތެރެއިން އެލައިޑް ލައިފް އިންޝުއަރަންސް ޕްލޭނެއް ނަގާ އެންމެ ފުރަތަމަ 50 ކަސްޓަމަރުންގެ ފުރަތަމަ މަހުގެ ޕްރިމިއަމްއިން 50 އިންސައްތައިގެ ޑިސްކައުންޓެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ޕްރޮމޯޝަނާއި ބެހޭގޮތުން މައުލޫމާތު ދެއްވަމުން އެލައިޑުން އެލައިޑްގެ ޖެނެރަލް މެނޭޖަރ އިބްރާހިމް ފިރުޝާން ވިދާޅުވީ ޕްރޮމޯޝަން ކުރިޔަށްދާނީ 1 ސެޕްޓެންބަރުން ފެށިގެން 31 ޑިސެންބަރުގެ ނިޔަލަށް ކަމަށެވެ. އެގޮތުން މިމުއްދަތުގައި އެންމެ ފުރަތަމަ ނަގާ 50 ލައިފް އިންޝުއަރަންސް ޕްލޭން ގުނާނީ އިންޑިވިޖުއަލް ޓަރމް އެޝުއަރަންސް ޕްލޭން ނުހިމަނާކަމުގައި އޭނާ ވިދާޅުވިއެވެ.

ލައިފް އިންޝުއަރަންސް ޕްލޭންސް މެދުވެރިކޮށް މާލީ ރައްކާތެރިކަން ހޯދާ ސްމާޓް ސޭވިންގ ޗޮއިސަސްއަށް ހޭލުންތެރިކަން އުފައްދާ، މުޖުތަމައުގެ ވަކި ވަކި ފަރުދުން ބާރުވެރިކުރުވުމުގެ މަގުސަދުގައި ފަށާފައިވާ މިޕްރޮމޯޝަންގެ ތެރެއިން ތަފާތު ހަރަކާތްތައް ކުރިޔަށްގެންދިޔުމަށް އެލައިޑުން ވަނީ ނިންމާފައެވެ.

އެގޮތުން، ކޮންމެ އަހަރަކުވެސް ގިނަ ބައެއްގެ ތަރުހީބާއި އެކު ކުރިޔަށްގެންދާ ފޯރިގަދަ އާއިލީ ހަވީރު؛ "އެލައިޑް ފެސްޓް" މިއަހަރުވެސް ކުރިޔަށްދާނެ ކަމުގައި އެލައިޑުން މައުލޫމާތު ދެއެވެ. 13 ސެޕްޓެންބަރުގައި ހުޅުމާލެ، ސެންޓްރަލް ޕާކްގައި ބާއްވާ މިހަވީރުގެ އިތުރުން، އެކި ވުޒާރާތަކާއި އޮފީސްތަކަށް ހާއްސަކޮށްގެން މައުލޫމާތު ސެޝަންތައް ކުރިޔަށްގެންދިޔުމަށްވެސް އެލައިޑުން ވަނީ ރާވާފައިވެއެވެ.

މިޕްރޮމޯޝަނާއި ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް އެލައިޑުގެ ހިލޭ ގުޅޭ ހޮޓްލައިން 1600 އަށް ގުޅުއްވުމަށް އެލައިޑުން އިރުޝާދު ދެއެެވެ. ނުވަތަ ވެބްސައިޓް؛ އެލައިޑް.އެމްވީގެ ލައިވް ޗެޓް ހިދުމަތްވެސް ހޯއްދެވޭނެކަން އެލައިޑުން ފާހަގަކުރެއެވެ.

ހިޔާލު


ގުޅުންހުރި