ރާއްޖެސަރުކާރު
ހުޅުމާލެއިން ކަރަންޓު ކެނޑުނީ ހައި-ވޯލްޓޭޖް ކޭބަލަކަށް ގެއްލުން ވެގެން: ސްޓެލްކޯ
19/01/2025
ޒައިން ރަޝީދު
ޝެއަރ
ހުޅުމާލޭގެ ފޭސް އެކަކާއި ފޭސް ދޭއްގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވަނީ ފަހި ދިރިއުޅުން ފްލެޓްތައް އެޅުމުގެ މަސައްކަތަށް ކޮނުމުގެ ތެރޭގައި ހައި-ވޯލްޓޭޖް ކޭބަލަކަށް ގެއްލުން ވެގެންކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.
ކަރަންޓުގެ ހިދުމަތް މެދުކެނޑި ރައްޔިތުންނަށް ދިމާވާ ދަތި އުނދަގޫތަކުން ސަލާމަތްކުރުމަށް ކަރަންޓުގެ ވިއުގައިގެ ކޭބަލްތައް އަޅާފައިވާ ސަރަހައްދުތަކުގައި މަސައްކަތް ކުރާ ފަރާތްތަކުން އިތުރަށް ސަމާލުވުމަށް ސްޓެލްކޯއިން ވަނީ އިލްތިމާސް ކޮށްފައެވެ. އެގޮތުން ކޮނުމުގެ މަސައްކަތް ފެށުމުގެ ކުރިން އެ ސަރަހައްދުގައި ކަރަންޓު ކޭބަލްތައް އަޅާފައި ހުރިތޯ ބަލައި ޗެކްކުރުމަށް ސްޓެލެކޯއިން އެދިފައިވެއެވެ.
ކަރަންޓަށް ދިމާވި މައްސަލަ ދެނެގަނެ، މާ ގިނައިރުތަކެއް ނުވަނީސް ސްޓެލްކޯއިން ވަނީ އަލުން ހިދުމަތް ދީފައެެވެ.
ހިޔާލު
ގުޅުންހުރި