ވިޔަފާރި
ކަލްޓަން ބްރޭންޑްގެ ރެފްރިޖަރަންޓް ގޭސް މޯލްޑިވްސް ގޭސް އިން ރާއްޖެއަށް ތައާރަފްކޮށްފި
18/07/2025
ޒައިން ރަޝީދު
ޝެއަރ
ތިމާވެއްޓާ ރައްޓެހި އޭސީތަކަށް އަޅާ ކަލްޓަން ބްރޭންޑްގެ ރެފްރިޖަރަންޓް ގޭސް މޯލްޑިވްސް ގޭސް އިން ރާއްޖެއަށް ތައާރަފްކޮށްފިއެވެ.
ކަލްޓަން ބްރޭންޑްގެ ގޭހުގެ ރަސްމީ ޑިސްޓްރިބިއުޓަރ، މޯލްޑިވްސް ގޭސް އިން ބުނީ ކަލްޓަން ގޭހަކީ އޭގެއިން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަކަމަށް މުޅި ދުނިޔެވެސް ބަލައިގަނެފައިވާ ގޭހެއްކަމަށެވެ. އެގޮތުން މިއީ އޯޒޯން ފަށަލަ ރައްކާތެރިކުރުމާއި ގްލޯބަލް ވޯމިންގ ޕޮޓެންޝަލް (ޖީ.ޑަބްލިއު.ޕީ) ކުޑަކުރުމަށް ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތްވާގޮތަށް އުފައްދާފައިވާ ގޭހެކެވެ.
އަދި ކާލްޓަން ޕްރޮޑަކްޓްތަކަކީ ޕަރފޯމަންސްއަށް އަސަރު ނުކުރާ ގޮތަށް އިތުރަށް ރައްކާތެރި އަދި ދެމެހެއްޓެނިވި ހައްލެކެވެ. މި ރެފްރިޖަރަންޓްތަކުން ދިވެހިރާއްޖޭގެ ފުޅާ މޫސުމީ ލަނޑުދަނޑިތަކަށާއި ތިމާވެއްޓާ ރައްޓެހި ފިނިކުރުމުގެ ނިޒާމުތަކަށް ބަދަލުވުމަށް އެހީތެރިވެދޭނެ ކަމަށް މޯލްޑިވްސް ގޭސް އިން ބުނެއެވެ.
"ކާލްޓަން ގޭސްތަކަކީ އިތުބާރުހުރި، ރައްކާތެރި އަދި ދެމެހެއްޓެނިވި ހަކަތައިގެ ހައްލުތައް ފޯރުކޮށްދިނުމުގެ އަޅުގަނޑުމެންގެ އަޒުމާ ވަރަށް ރަނގަޅަށް ދިމާވާ އެއްޗެއް. ޤައުމުގެ އިތުބާރު ލިބިފައިވާ ގޭސް ސަޕްލަޔަރެއްގެ ހައިސިއްޔަތުން، ތިމާވެއްޓާ ރައްޓެހި ރެފްރިޖަރަންޓް އޮޕްޝަންތަކަށް ބަދަލުވުމުގައި އިސްނެގުމަށް އަޅުގަނޑުމެން ފަޚުރުވެރިވަމެވެ." މޯލްޑިވްސް ގޭސް އިން ވިދާޅުވިއެވެ.
ކަލްޓަން ރެފްރިޖަރަންޓްތައް ރާއްޖޭގައި މިހާރު އެންމެ ހެޔޮ އަގުގައި ލިބޭނީވެސް މޯލްޑިވްސް ގޭސްއިން ކަމަށް އެކުންފުނިން ބުންޏެވެ. އެގޮތުން ވިޔަފާރިތަކަށާއި ގޭބިސީތަކަށް އަތްފޯރާފަށުގައި ފެންވަރު ރަނގަޅު ރެފްރިޖަރަންޓް ގޭސްތައް ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަށް މޯލްޑިވްސް ގޭސްއިން ދިނެވެ.
ކަލްޓަން ރެފްރިޖަރަންޓްތައް ސީދާ މޯލްޑިވްސް ގޭސްގެ އައުޓްލެޓްތަކުން ލިބެންހުންނާނެއެވެ. އަދި ރާއްޖެތެރޭ ރަށްތަކުގައި ދިރިއުޅުއްވާ ފަރާތްތަކުންވެސް މޯލްޑިވްގޭސްގެ ވެބްސައިޓް އިން ނުވަތަ 7226632 އަށް ވައިބަރ މެދުވެރިކޮށް އޯޑަރ ދެއްވުމުން ފެރީ އަދި ބޯޓްފަހަރުތަކަށް ޑެލިވަރކޮށްދޭނެކަމަށް މޯލްޑިވްސް ގޭސް އިން މައުލޫމާތުދެއެވެ.
ހިޔާލު
ގުޅުންހުރި